މިއަދު ޕޮޒިޓިވްވީ 65 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު 65 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އިއްޔެ ހަވީރު ހަޔަކުން މިއަދު ހަޔަކަށް 2882 ސާމްޕަލް ނެގި ކަމަށާއި އަދި އޭގެ ތެރެއިން 65 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 38 މީހަކު ހިމެނެއެވެ. އަދި ހިންގަމުންދާ ރިސޯޓުތަކުން 26 މީހަކާއި މީހުން ދިރިއުޅޭ ރަށަކުން އެކަކު ޕޮޒިޓިވްވެފައި ވެއެވެ.

އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 14،830އަށް ވަނީ އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 1،042 އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 69 މީހުންނަށެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 48 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވެ އެވެ. އަދި ބަލިން ޖުމުލަ 13،731 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 50 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް