ކެޓްރީނާގެ ކޮއްކޮ އިޒަބެލް މިފަހަރު ފެނިގެންދާނީ ޕުލްކިތު އާއެކު

ޕުލްކިތު އާ އިޒަބެލް---

ކުޅަދާނަ ބަތަލާ ކެޓްރީނާ ކެއިފްގެ ކޮއްކޮ އިޒަބެލް ކެއިފް އާ ފިލްމަކަށް ސޮއިކޮށްފިއެވެ.

މީގެ ކުރިން ވީޑިއޯ ލަވައަކުން ވެސް ފެނިގެންދިޔަ އިޒަބެލް މިފަހަރު މަސައްކަތްކުރާނީ އެކްޓަރު ޕުލްކިތް ސަމްރާޓް އާއެކުގައެވެ. "ސަސްވަގަތަމް ޚުޝާމަދީދް" ނަމުން ނަންދީފައިވާ މި ފިލްމުގެ ފަސްޓްލުކް ވެސް މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަކީ ރޮމޭންޓިކް ޖޯންރާއަކަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ.

މި ފިލްމުގައި ޕުލްކިތުއަކީ ދިއްލީއަށް ނިސްބަތްވާ މީހެކެވެ. އަމަން ކިޔާ މީހެއްގެ ކެރެކްޓާ ޕުލްކިތު ކުޅޭއިރު އިޒަބެލްއަކީ އާގަރާއަށް ނިސްބަތްވާ ނޫރު ކިޔާ އަންހެނެކެވެ.

ފިލްމާ ގުޅޭގޮތުން ޕުލްކިތު ބުނީ އިޒަބެލް އާ އޭނާގެ ކެމިސްޓްރީ ވެގެންދާނީ ވަރުގަދަ އެއްޗަކަށް ކަމަށާއި އާ ތަރިއަކާއެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އިޒަބެލް އަކީ ވަރަށް މަސައްކަތްކުރާ ތަރިއެއް ކަމަށާއި ސެޓުތެރޭ ވެސް އެންމެނ އަޖައިބުކޮށްލާ ފަދަ މޮޅެތި ކަންތައްތައް އޭނާ ކޮށްލާ ކަމަށްވެސް ޕުލްކިތު ވަނީ ބުނެފައެވެ.

ޕުލްކިތުގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސަނަމް ރޭ"، "ޖުނޫނިޔަތު"، "ފުކްރޭ" އަދި "ޖޭ ހޯ" ހިމެނެއެވެ.

comment ކޮމެންޓް