"ތޭންކް ގޯޑް"ގެ ޝޫޓިން ސިދާތު ފަށައިފި

ތޭންކް ގޯޑް ގެ ޓީމު---

އިންދަރު ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ތޭންކް ގޯޑް"ގެ ޝޫޓިން ފަށައިފި އެވެ.

ޒުވާން އެކްޓަރު ސިދާތް މަލްހަތްރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފަށަމުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ސިދާތް ބުނީ އާ ތަޖުރިބާ އެއް ކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އެކްޓަރު އަޖޭ ދޭވްގަން ވެސް ލީޑު ރޯލުން ފެންނަ މި ފިލްމުގެ އަންހެން ބަތަލާ އަކީ ރަކުލް ޕްރީތުއެވެ . "ތޭންކް ގޯޑް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކޮމެޑީ ޖޯންރާއަށް ތައްޔާރުކުރާ މި ފިލްމަކީ އަޖޭ އާ ސިދާތް އާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މުމްބާއީގައި ފިލްމުގެ ޝޫޓިން ފެށި އިރު މި ފިލްމަކީ މިއަދުގެ މުޖުތަމައުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ބެލުންތެރިން ހެއްވާލާނެ ފިލްމެކެވެ.

އަޖޭ އާ ރަކުލް ވަނީ މީގެ ކުރިން ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އަދި ރަކުލް އާ ސިދާތް ވަނީ ދެ ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފަ އެވެ. އެއީ "މަރްޖާވާން" އާ "އައްޔާރީ" އެވެ.

comment ކޮމެންޓް