އުރީދޫއިން ސެމްސަންގު ފަހުގެ ފޯނުތަކުގެ ޕްރީ އޯޑަރު ނަގަނީ

ސެމްސަންގް ގެލެކްސީ އެސް21 ސީރީޒްގެ ފޯނުތައް--

ހާއްސަ އޮފާތަކާއެކު ސެމްސަންގްއިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 21+ 5ޖީ އަދި އެސް 21+ އަލްޓްރާ 5ޖީ ޕްރީއޯޑާ ކުރަން އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ ޕްރީއޯޑަރަށް ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒްގެ ފޯނަކާއެކު ކޮންމެ މަހަކު ދެ ޖީބީ ހިލޭ ޑޭޓާ، ހަ މަސް ދުވަހަށް ލިބޭނެ ކަމަށެވެ.

ހަމައެއާއެކު ޕްރީއޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ އަކާއެކު ސްމާޓް ޓެގް އަދި ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިބޭނެ އެވެ. އަދި ޕްރީއޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކު ލިބޭނީ ސްމާޓް ޓެގަކާއި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެކެވެ.

އުރީދޫއިން ގެލެކްސީ އެސް21+ ސީރީޒްގެ ފޯނުތައް ވިއްކާ އަގަކީ؛

  • ސެމްސަންގް ގެލެކްސީ އެސް 21+ (256 ޖީބީ): 22،799ރ
  • ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާ (256 ޖީބީ): 27،399ރ

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑާ ހާއްސަ އޮފާގެ އިތުރުން އީ ސިމް އަޕްގްރޭޑް ވެސް މުޅިން ހިލޭ ލިބޭނެ އެވެ.

މިއަދު ޕްރީއޯޑަރަށް ހުޅުވާލި ސެމްސަންގް ގެލެކްސީ 21+ ސީރީޒްގެ ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ވެސް ޕްރީއޯޑާ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ އެވެ.

comment ކޮމެންޓް