ކޮވިޑް ހޭދަ 2.8 ބިލިއަނަށް އަރައިފި

މެއި 27، 2020: ސާމްޕަލް ނެގުމަށް އާރްއާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ދައުލަތުން ކުރި ހޭދަ 2.8 ބިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް19 އާއި ގުޅޭ ސިއްހީ އެކި ކަންކަމަށް 1.46 ބިލިއަން ރުފިޔާ އަދި އިގްތިސޯދީ ކަންކަމަށް 1.49 ބިލިއަން ރުފިޔާ ހޭދަ ކޮށްފައި ވެއެވެ.

ފިނޭންސް އިން ބުނީ ހަފްތާ އިން ހަފްތާ އަށް ބަލާނަމަ، މިދިޔަ ހަފްތާ އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އިން އަދި އެންސްޕާ އިން ކަމަށެވެ.

ހެލްތު މިނިސްޓްރީ އިން ކުރި ހޭދައިގެ ބޮޑު ބަޔަކީ ކޮވިޑާ ގުޅިގެން ކުރާ މަސައްކަތްތަކަށް މުދާ ހޯދުމަށް ކުރި ހޭދައެވެ. އެންސްޕާ އިން ކުރި ހޭދައަކީ އިންކަމް ސަޕޯޓް އެލަވެންސް ދިނުމަށް ކުރި ހޭދައެވެ. ހެލްތުން 32.9 މިލިއަން ރުފިޔާ ކޮވިޑުގެ ކަންތަކަށް ހޭދަކުރި އިރު އެންސްޕާ އިން 21.2 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ކޮވިޑް-19އާ ގުޅޭ އިގްތިސާދީ ކަންތައްތަކަށް 1.4 ބިލިއަން ރުފިޔާ މިދިޔަ ހަފްތާގެ ނިޔަލަށް ހޭދަކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު އެއް ޕަސެންޓް ދަށް އަދަދެކެވެ.

comment ކޮމެންޓް