ފުވައްމުލަށް ދަނޑިމަގު ކުޅީގައި ރޯވެއްޖެ

ދަނޑިމަގު ކުޅީގައި އަލިފާން ރޯވެގެން ނިއްވުމުގެ މަސައްކަތް ކުރަނީ ---

ފުވައްމުލަކު ސިޓީ، ދަނޑިމަގު ކުޅީގައި ރޯއްވެއްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު މެންދުރު 12:15ގަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ކުޅީގެ ސަރަހައްދުގައި ރޯވަމުންދާ އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ، އަލިފާން ރޯވެފައިވަނީ ހުއި ތަކުގައި ކަމަަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު "ސަން"އަށް ވިދާޅުވީ، އަދިވެސް އަލިފާންގަނޑު ނިއްވާނުލެވޭ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބުންވެސް އަދި ސާފް ނުވާ ކަމަށެވެ.

ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ހާއްސަކޮށް ރިސޯޓުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް