ކައުންސިލްތަކުން ކުލި ނަގަން ފަށާއިރު އާ އެއްބަސްވުމެއް ހަދަން ޖެހޭ

ކ. މާފުށި

ކައުންސިލްތަކުން ކުލި ނަގަން ފަށާއިރު އާ އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ވަސީލަތް ނުވަތަ ބިނާ ނުވަތަ ހަރުމުދަލުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ބަދަލުކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އިން ނެރެފައިވާ މާލިއްޔަތާ ގުޅޭ ސާކިޔުލާ ގައި ބުނީ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ވަސީލަތް ނުވަތަ ބިނާ ނުވަތަ ހަރުމުދަލު ގެ ތެރެއިން އެންޓެނާ ޖެހުމަށް ދޫކޮށްފައިވާ ބިންތަކުން ލިބޭ ކުއްޔަކީ ކައުންސިލްތަކަށް ލިބޭ އާމްދަނީ ކަމަށެވެ.

އެންޓަނާ ފަދަ ނުއުފުލޭ މުދާ ގާއިމްކޮށްފައިވާ ބިންތަކުން ކުލި ނަގަމުންދަނީ އެ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ކޮށްގެން ނަމަ، އެ ބިމެއްގެ ރެޖިސްޓްރީ ކައުންސިލަށް ބަދަލުކޮށް ކުއްޔަށް ދީފައިވާ ފަރާތާއެކު ކައުންސިލުން އާ އެއްބަސްވުމެއްގައި ސޮއިކުރަން ވާނެ ކަމަށް ސާކިޔުލާ ގައި ބުނެފައިވެ އެވެ.

ސާކިޔުލާގައި ބުނީ އެ މަސައްކަތް ކުރިއަށް ގެންދަން ވާނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް