ބައިލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފި

ވީއައިއޭ ގައި ޓޫރިސްޓުންތަކެއް -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 50،000 ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 52،941 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 99،917 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އާ އަހަރުގެ ޗުއްޓީއާ ހަމައަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް މިދުވަސްވަރު ޓޫރިސްޓުން އަންނަ ވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 2،900 ޓޫރިސްޓުން އަންނައިރު ޓޫރިސްޓުން އެވްރެޖުކޮށް 9.5 ރޭ ރާއްޖޭގައި ހޭދަކުރާ ކަމަށް ހިސާބުތައް ދައްކަ އެވެ.

މިއަހަރުގެ މިހާތަަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 13،295 ޓޫރިސްޓުން އައިސްފައިވާއިރު އިންޑިއާ އިން 9،346 ޓޫރިސްޓުން އައިސްފައިވެ އެވެ. ޔޫކްރެއިން އިިން 4،558 ޓޫރިސްޓުން، ކަޒަކިސްތާނުން 2،788 ޓޫރިސްޓުން އަދި ރޯމޭނިއާ އިން 2،158 ޓޫރިސްޓުން އައިސްފައިވެ އެވެ.

comment ކޮމެންޓް