މޮނިޓަރިން އުވާލައި ވިލިނގިލި އާންމު ހާލަތަށް

ގއ. ވިލިނގިލި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގ އަށް ގެންދިޔަ ގއ. ވިލިނގިލި އާންމު ހާލަތަކަށް ގެންގޮސްފި އެވެ.

ވިލިނގިލިން ފެނިފައި ވަނީ އެ އަތޮޅު ދެއްވަދޫއިން ފެނުނު ކްލަސްޓާއާ ގުޅުންހުރި ޕޮޒިޓިވް ދެ ކޭސް އެކެވެ.

ވިލިނގިލިން ކޮވިޑަށް ޕޮޒިޓިވްވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޭޑް 12 ގައި ތައުލީމް ހާސިލް ކުރާ އެއަތޮޅު ދާންދޫގެ ދަރިވަރެކެވެ. ދެވަނަ އަށް ޕޮޒިޓިވްވީ އެ ދަރިވަރާ ކޮންޓެކްޓްވި އިތުރު ދަރިވަރެކެވެ.

އެ ދަރިވަރާ ކޮންޓެކްޓްވި، 37 މީހެއްގެ ސާމްޕަލް ނެގިއިރު ޕޮޒިޓިވްވީ އެންމެ މީހެކެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މޮނިޓަރިންގ ހާލަތު ނިމުމަކަށް ގެނައީ މިއަދު އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު އިއުލާނުގައި ވަނީ ވިލިނގިލީގެ މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ އެ ހާލަތު އުވާލާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެރަށުން ވަނީ ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލްތަކެއް ނަގައިފަ އެވެ. ނަމަވެސް އެ ހުރިާ ސާމްޕަލް ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފަ އެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހުޅުމާލެއާއި ލ. ފޮނުދުއިންވެސް ފެނުނެވެ.

comment ކޮމެންޓް