އެކްޓަރު ޔަޝް ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ޔަޝް އާ އޭނާގެ އާއިލާ--

ކޭޖީއެފް ޗެޕްޓާ 2 އިން ފެނިގެންދާ ކުޅަދާނަ އެކްޓަރު ޔަޝް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ޔަޝް އާ އޭނާގެ އަނބިމީހާ އަދި ދެކުދިން ރާއްޖެ އައީ އާދިއްތަ ދުވަހުއެވެ. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ އެކްޓަރު ޔަޝް ވަނީ ރާއްޖެ އައިސް ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ޔަޝް ބުނީ ދުނިޔެމަތީ ސުވަރުގެއެއް ވާނަމަ އެ ސުވަރުގެއަކީ ރާއްޖެ ކަމަށެވެ.

އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު ކޭޖީއެފްގެ ޓީޒާ މިހާރު ދައްކާލާފައިވާއިރު އެ ފިލްމަކީ މިއަހަރު ރިލީޒްކުރާ ފިލްމެކެވެ. އެ ފިލްމުގައި ޔަޝްގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ސަންޖޭ ދަތު، ރަވީނާ ޓެންޑޮން އަދި ސްރީނިދީ ޝެޓީއެވެ.

comment ކޮމެންޓް