އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް މިންގަނޑުތަކެއް ތަންފީޒުކުރަން ހުށަހަޅަނީ

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫރަޕިއަން އިންސްޓިޓިއުޓް ފޮ އެކްސްޕޯޓް ކޮމްޕްލަޔަންސް (އީއައިއެފްއީސީ)އިން އެމްއެންޔޫއާ ގުޅިގެން ސިއްހަތު އަދި ސާފުތާހިރުކަމާއި އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށް ކޮމްޕްލަޔަންސް ސްޓޭންޑާޑްތަކެއް ރާއްޖޭގައި ތަންފީޒުކުރަން ހުށަހަޅައިފި އެވެ.

އަލަށް ގާއިމުކުރަން މަސައްކަތް ކުރަމުންދާ މި ސްޓޭންޑާޑްތަކުގެ މިންގަނޑުތައް ހިފަހައްޓާ ފަރާތްތަކަށް އީއައިއެފްއީސީއިން ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަދަ ސްޓޭންޑާޑްތައް ގާއިމުކޮށް، ޔޫރަޕިއަން ސެޓްފިކެޓެއް ލިބުމަކީ ކޮވިޑް19އާ ދެކޮޅަށް އެކަށީގެންވާ ގޮތަކަށް އަދި ވަކިން ހާއްސަކޮށް އިގްތިސާދީ ގޮތުން މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުގެ އެއްބާރުލުން އީއައިއެފްއީސީއަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެދިފައިވެ އެވެ.

އީއައިއެފްއީސީއަކީ ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތާ ގުޅޭގޮތުން އަދި މުހިންމު ކަންކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި ގައިޑްލައިންތަކާއި ސެޓްފިކެޓް ދޭނެ ނިޒާމު ތަރައްގީ ކުރާ މުއައްސަސާއެކެވެ.

އެ މުއައްސަސާއާ ގުޅޭ އިތުރު މައުލޫމާތު މި ލިންކުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް