ކަންގަނާގެ "ދާކަޅް" އޮކްޓޯބަރު މަހު ސިނަމާތަކަށް

ފިލްމުގެ ޕޯސްޓަރެއްގައި ކަންގަނާ---

ޕްރޮޑިއުސަރު ސޮހައިލް މަޚްލާއީ ގެނެސްދޭ ވަރުގަދަ އެކްޝަން ފިލްމު "ދާކަޅް" މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފިލްމުގެ އާ ޕޯސްޓަރު ޓްވިޓާ މެދުވެރިކޮށް ހިއްސާކުރަމުން ކަންގަނާ ބުނީ މި ކެރެކްޓާއަކީ ޖެހިލުން ކުޑަ ކެރެކްޓާއެއް ކަމަށާއި މިއީ އެޖެންޓް އަގްނީ ކަމަށެވެ. އަދި މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އެކްޝަން ތްރިލާ ގެ ލީޑަކުން އަންހެން ތަރިއެއް ފެނިގެންދާ ފުރަތަމަ ފިލްމު ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ތިއޭޓާތަކުގައި ރިލީޒްކުރާ މި ފިލްމުގެ ލީޑު ރޯލުން ކަންގަނާ ރަނައުތު ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެންދާނީ އެކްޓަރު އަރުޖުން ރާމްޕާލް އެވެ. މި ފިލްމަކީ ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ތައްބޫ، މިމޯ ޗަކްރަބަތީ އަދި މަނޯޖް ތިވާރީއެވެ.

ފިލްމާ ގުޅޭގޮތުން މީގެ ކުރިން ކަންގަނާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ދާކަޅް އަކީ ހަމައެކަނި އޭނާގެ ކެރިއަރުގެ ބެންޗްމާކެއް ނޫން ކަމަށާއި މި ފިލްމުވެގެންދާނީ އިންޑިއަން ސިނަމާގެ ވެސް ޓާނިން ޕޮއިންޓަށް ކަމަށެވެ.

comment ކޮމެންޓް