މަކަރު ހަދައިގެން ފައިސާ ހޯދި މީހަކު ހޯދަން އިއުލާނު ކޮށްފި

މަކަރާއި ހޯލަތުން ފައިސާ ހޯދި މައްސަލާގައި ހޯދަން އިއުލާނުކޮށްފައި ޝަފީގު-- ފޮޓޯ: ޕޮލިސް

މަކަރާއި ހީލަރުން ފައިސާ ހޯދާފައިވާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއިހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ހޯދަމުން ދަނީ ސ.ހިތަދޫ، ރަސްއައިން، އަހުމަދު ޝަފީގު 42އ، އެވެ.

އަހުމަދު ޝަފީގާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް