ޝާހިދުގެ "ޖާޒީ" ނޮވެމްބަރު މަހު ސިނަމާތަކަށް

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު 39، ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ޖާޒީ" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޝާހިދު ބުނީ މި ފިލްމު ތިއޭޓާތަކުގައި އަޅުވާނީ ދިވާލީ އާ ދިމާކޮށްކަމަށެވެ. ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ފިލްމު ރިލީޒްކުރާގޮތަށް ހަމަޖެހުނުއިރު ޝާހިދު ބުނީ މި ފިލްމުގެ މަސައްކަތްތަކާ މެދު އޭނާ ވަރަށް ފަހުރުވެރިވެ ހިތްހަމަޖެހޭ ކަމަށެވެ.

ޝާހިދު އާ މުރްނާލް ތާކޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ވަނީ މިދިޔަ މަހު އެއްކޮށް ނިންމާވެސްލާފައެވެ. ޝޫޓިން ނިންމާލުމަށްފަހު ޝާހިދު ބުނީ މި ފިލްމަކީ އޭނާގެ ހިތާ ކުޅެލި ފިލްމެއްކަމަށާއި މި ފިލްމުގެ މަސައްކަތަކީ މިހާތަނަށް އޭނާއަށް އެންމެ ހިތްހަމަޖެހިގެން ކުރެވުނު އެއް މަސައްކަތް ކަމަށެވެ. އަދި މި ފިލްމުގެ ތަޖުރިބާއަކީ ވަރަށް ސަޅި ތަޖުރިބާއެއް ކަމަށްވެސް ޝާހިދު ވަނީ އޭރު ބުނެފައެވެ.

މި ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ތެެލެގޫ ވާޝަނެއް ވެސް ވަނީ މީގެ ކުރިން ގެނެސްދީފަ އެވެ. ގޯތަމް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޝާހިދު ކުޅެދޭނީ އެހެން ފިލްމުތައް ކުޅެދޭ އަގަށްވުރެ ކުޑަކޮށެވެ. ތެއްތިރީސް ކުރޯޑު ރުޕީސް އަށް ފިލްމެއް ކުޅެދޭ ޝާހިދު މި ފިލްމު ކުޅެދޭނީ 25 ކުރޯޑު ރުޕީސްއަށެވެ.

comment ކޮމެންޓް