މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. މާފުށި

ކ. މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ މެންދުރު 13:24 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގުމާ ގުޅިގެން ސަފާރީގައި ތިބި މީހުން އެހެން ލޯންޗަކަށް ވަނީ އަރުވާފަ އެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާ ހިނގި ސަރަހައްދަށް ފަޔާ ލޯންޗު ދަތުރުކުރަމުންދާ ކަމަށާއި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ސަފާރީއިން މިހާރު ދުން އަރާތަން ނުފެންނަ ކަމަށް އާންމުންގެ ފަރާތުން ހަބަރު ލިބެމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

comment ކޮމެންޓް