އިންޑިއާގެ އެހީގައި އެކުވެނި ޓްރެކް ތަރައްގީކޮށް ހުޅުވައިފި

އެކުވެި ޓްރެކު ތަރައްގީކޮށް އަލުން ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެހީގައި ތަރައްގީކުރި އެކުވެނި ޓްރެކު ހުޅުވައިފިއެވެ.

ސިންތެޓިކް ޓްރެކެއްގެ ގޮތުގައި އެކުވެނި ޓްރެކު ތަރައްގީ ކުރުމަށް އިންޑިއާ އިން އެހީދީފައި ވަނީ އެ ގައުމުން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް (އެޗްއައިސީޕީޑީ) މަޝްރޫއުތަކުގެ ތެރޭގައި ހިމަނައިގެންނެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެޗްއައިސީޕީޑީ ގްރާންޓް މަޝްރޫއުތަކަކީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަގުޅުމުގެ މުހިންމު ބައެެއް ކަމަށާއި މަޝްރޫއުތައް ބިނާވަނީ ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކުގެ މައްޗަށް ކަމަށެވެ.

އަދި މުޖުތަމައުގެ ބައިވެރިވުން އެކުލެވޭހެން ސިއްހީ، ތައުލީމީ، ކުޅިވަރު، އަދި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަށް ކުރިއެރުވުން ފަދަ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާތަކަށް ސީދާގޮތުން މި މަޝްރޫއުތަކުގެ އަސަރު ކުރާނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

އެޗްއައިސީޕީޑީގެ ދަށުން އެކި ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް އިންޑިއާ އިން 13 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.

އެކުވެނި ޓްރެކު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރިގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް