ކަންގަނާގެ "މަނިކަރްނިކާ"ގެ ދެވަނަ ބައި އިއުލާންކޮށްފި

މަނިކަރްނިކާގައި ކަންގަނާ---

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ"ގެ ދެވަނަ ބައި އިއުލާންކޮށްފިއެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ބަތަލާ ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނުނު އެ ފިލްމުގެ ދެވަނަ ބައި އިއުލާންކުރަމުން ކަންގަނާ ބުނީ ވަރުގަދަ އަންހެން ހަނގުރާމަވެރިންގެ ވާހަކަ ކިޔައިދޭ ފްރެންޗައިޒަކަށް ހަދަން ނިންމީކަމަށެވެ. ފިލްމުގެ ދެވަނަ ބައި ވެގެންދާނީ 12 ވަނަ ގަރުނުގައި ކަޝްމީރަށް ނިސްބަތްވާ ކުރީގެ ރާނީ ޑިއްޑާގެ ވާހަކަ ކިޔައިދޭ ފިލްމަށެވެ.

މި ފިލްމުގެ ދެވަނަ ބަޔަށް ނަން ކީ ވެސް އޭނާގެ ނަމާ ގުޅުވައިގެންނެވެ. ފިލްމުގެ ނަމަކީ "މަނިކަރްނިކާ: ދަ ލެޖެންޑް އޮފް ޑިއްޑާ"އެވެ. ކަންގަނާ ޑައިރެކްޝަނަން ނުކުތް ފިލްމު މަނިކަރްނިކާ އަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދިޔައީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކަންޑޭ އެވެ.

comment ކޮމެންޓް