ބިދޭސީ މުވައްޒަފުންނާއެކު އެމްޕީއެލްގެ ކެފޭ ހިންގާތީ ކުރީގެ ސީއީއޯގެ ނުރުހުން

އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބިދޭސީ މުވައްޒަފުންނަނާއެކު އެމްޕީއެލްގެ ކެފޭ ހިންގާތީ، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު އެކަމާ ނުރުހުން ފާޅުކޮށްފި އެވެ.

އެ ކެފޭ އިން ހިދުމަތް ހޯދުމަށްފަހު، އެތަނުގެ ފޮޓޯއާއެކު ޖުނައިދު އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ސީއީއޯކަމުގެ ދުވަސްވަރުގައި ގާއިމްކުރި އެ ކެފޭއަކީ އެ ކުންފުޏަށް ފައިދާވާ ގޮތަށް ގައިމްކުރި ކެފޭއެއް ކަމަށެވެ. އަދި އެ ދުވަސްވަރު އެތަން ހިންގީ 100 ޕަސަންޓް ދިވެހި މުވައްޒަފުންނާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ، މިއަދު އެ ކެފޭ ހިންގަމުން އަންނަނީ، ބިދޭސީ މުވައްޒަފުންނާއެކު އަދި ކުންފުނިން ބޭރުން ބަޔަކާ ހަވާލުކޮށް ކުންފުންނަށް ފައިދާ ނުވާ ގޮތަަށެވެ. އަދި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

"ކެފޭ ބިދޭސީ މުވައްޒަފުންނާއެކު ހިންގާތަން ފެނުމަކީ ވަރަށް ދެރަކަމެއް،" ޖުނައިދު ވިދާޅުވެފައިވެެ އެވެ.

https://www.facebook.com/story.php?story_fbid=3911049208906318&id=100000038310166

އޭނާ ވިދާޅުވި ގޮތުގައި މިއަދު ގައުމުގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް ވަނީ އިތުރުވެފަ އެވެ. އަދި އެކަމުގައި ޒިންމާވާނެ ފަރާތްތެއް ނެތްތޯ އެނާ ސުވާލު އުފެއްދެވި އެވެ.

ޖުނައިދު އެމްޕީއެލްގެ ސީއީއޯއަކަށް އައްޔަން ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އޮކްޓޯބަރު މަހު އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2017 ވަނަ އަހަރު މާޗުގަ އެވެ.

comment ކޮމެންޓް