މިސްކިތުގައި ހުރި މީހަކާ މާރާމާރީ ހިންގައިގެން އިންޑިއާ މީހަކު ހައްޔަރުކޮށްފި

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކާ މާރާމާރީ ހިންގައިގެން އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެކަން ހިނގާފައި ވަނީ އަޒީޒާ މިސްކިތުގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ އިންޑިއާ ފިރިހެނަކު އޭނާ ނެރެން އުޅުމުގެ ތެރޭގައި ކަމަށްވެ. އަދި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުންޏެވެ.

"މި މައްސަލާގައި އިންޑިއާ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި." ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް