ލޯކަލް ކައުންސިލް އިންތިހާބްގައި ވާދަކުރާ އިތުރު 13 ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފި އެވެ.
މިފަހަރު ނަން އަނބުރާ ނަގާފައު ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކުރި އިއުލާނެއްގައިވާ ގޮތުގައި އެމްޑީޕީގެ އަށް ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ ތެރޭގައި ޕީޕީއެމްގެ އެއް ކެނޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ އެއް ކެނޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރާ ތިން ކެނޑިޑޭޓަކު ހިމެނެ އެވެ.
އަލަށް ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންނާއެކު ކައުންސިލް އިންތިހާބުން 100 އަށްވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23ގަ އެވެ.
ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. ނަަމަވެސް ކޮވިޑާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން މިހާތަނަށްވެސް އޮތީ އިންތިހާބު ނުބޭއްވި އެވެ. ނަމަވެސް މިއަަހަރުގެ އޭޕްރީލްގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ދަނީ ތައްޔާރުތައްވަމުންނެވެ.
އެކަމަށް މަގު ފަހިކުުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ދައުރުން ބޭރުން ޖަލްސާތައް ވަނީ ފަށައިފަ އެވެ.