ހެލްތު މިނިސްޓްރީ އަށް އަނެއްކާވެސް ޑެޕިއުޓީ މިނިސްޓަރެއް

ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަނު ކުރެއްވީ ސަފިއްޔާ މުހައްމަދެވެ. ސަފިއްޔާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.

ސަފިއްޔާ ވަނީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން މާސްޓާސް އޮފް އާޓްސް ހާސިލް ކުރައްވައިފައެވެ. މީގެ އިތުރުން ބިޒްނަސް ސްޓަޑީސް އަދި ޖަޕަނީޒް ސްޓަޑީސް އިން ބެޗެލާސް ޑިގްރީ ވަނީ ހާސިލް ކުރައްވައިފައެވެ.

ހެލްތު މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިހާރު ހަތަރު ބޭފުޅަކު ތިއްބަވައެވެ. އޭގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޝިޔާމާ މުހައްމަދު ތިއްބެވީ ސަސްޕެންޝަނުގައެވެ. ދެން އެ މިނިސްޓްރީގެ ޑެޕިއުޓީންގެ ގޮތުގައި ތިއްބެވީ މަރިޔަމް ހަލިދާ އާއި އަބޫބަކުރު އަބްދުލްކަރީމެވެ.

comment ކޮމެންޓް