ޕަރިނީތީގެ ފިލްމު އަންނަ މަހު

ފިލްމުގެ މަންޒަރެއްގައި ޕަރިނީތީ ޗޯޕްޅާ---

ދެހާސް ސޯޅަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރީމޭކް ގެ ޓީޒާ އާންމުކޮށްފިއެވެ.

ބަތަލާ ޕަރިނީތީ ޗޯޕްޅާ 32، ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޓީޒާގައި ވާހަކަ ދައްކާ އަޑު ނީވުނު ނަމަވެސް ފެނިގެންދިޔަ މަންޒަރުތަކުން މި ފިލްމަކީ ވަރަށް ޝައުގުވެރިކަންތައްތަކެއް ފެނިގެންދާނެ ފިލްމެއްކަން ހާމަވެގެންދިޔައެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރާ މި ފިލްމަކީ ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

އެ ފިލްމަކީ 2015 ވަނަ އަހަރު ޕައުލާ ހޯކިންސް ހަމަ އެ ނަމުގައި ނެރުނު ވާހަކަ ފޮތެއްގެ އަސްލަކަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ސައިކޮލޮޖީ ތްރިލާ އެ ފިލްމު ޝޫޓްކޮށްފައި ވަނީ ލަންޑަނުގަ އެވެ.

ބޮކްސް އޮފީހުގައި 173.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެ ފިލްމަކީ ރަލަށް ދެވި ހިފާފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް