ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ: ނައިރާ މަރެއް ނުވޭ، މާ ގަދަކޮށް އެނބުރި އަންނާނެ

ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގައިި ނައިރާގެ ރޯލުން ފެނިގެންދާ ތަރި ޝިވާންގީ---

ސްޓާޕްލަސް އިން ގެނެސްދޭ އެންމެ ދުވަސްވީ ސީރިއަލް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ފޭނުންނަށް މި ހަފްތާއަކީ މާ އުފާވެރި ހަފްތާއެއް ނޫނެވެ.

ޑްރާމާގެ ލީޑު ރޯލު ކުޅޭ ނައިރާ (ޝިވާންގީ ޖޯޝީ) މަރުވި ހަބަރާއެކު ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ޑްރާމާގައި ދެން ކަންތައްތައް ވާގޮތް ބަލަން ކެތްމަދުވެފައިވާ އިރު ގިނަ ސުވާލުތަކެއް ހިތު ތެރޭ އެނބުރެމުންދާއިރު ފޭނުން އަދިވެސް ބޭނުންވަނީ ނައިރާ އެނބުރި އައުމަށެވެ. މިއޮތީ ފޭނުންނަށް އުފާވެރި ހަބަރެކެވެ.

ނައިރާ މަރުވިކަން ހާމަކުރިނަމަވެސް އަލުން އޭނާ އެނބުރި އަންނާނެ އެވެ. ކްލިފް އިން ނައިރާ ވެއްޓި މަރުވިކަމަށް ނިންމި ނަމަވެސް އޭނާގެ ހަށިގަނޑު އަދިވެސް ފެންނަގޮތެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބަޔަކު މީހުންތަކެއް ވެގެން ނައިރާ ސަލާމަތްކުރާނެ އެވެ. އަދި އޭނާ ހޭއެރުމާއެކު މުޅިން އާ އައިޑެންޓިޓީއެއް އޭނާ އަށް ދޭނެ އެވެ. ދެން ނައިރާ އަންނާނީ ޕްރޮފެޝަނަލް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުންނެވެ.

މިހާރު އެ ރޯލު ކުޅުމަށް ހާއްސަ ތަމްރީންތަކެއް ވެސް ނައިރާގެ ރޯލުން ފެނިގެންދާ ޝިވާންގީ ވަނީ ފަށާފައެވެ. ކަންތައް ވެގެންދާ ގޮތް ކުރިއަށް އޮތް 10 ދުވަސްތެރޭ ފެނިގެންދާނެ ކަމަށް މި ޑްރާމާގެ ޑައިރެކްޓަރު ވަނީ މީގެ ކުރިން ބުނެފައެވެ.

ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގްބޫލު ޑްރާމާ ތަކުގެ ތެރޭ ހިމެނޭ "ޔޭ ރިޝްތާ ކިޔާ ކެހެލޭތާ ހޭ" އަކީ މިވަގުތު އެ ޗެނަލުން ދައްކާ އެންމެ ދުވަސްވީ ޑްރާމާއެވެ. އެ ޑްރާމާ ދައްކާތާ މިހާރު 12 އަހަރުވީއެވެ. 2009 ވަނަ އަހަރު ދައްކަން ފެށި އެ ޑްރާމާގެ 3300 އަށް ވުރެ ގިނަ އެޕިސޯޑު ވަނީ މިހާތަނަށް ދައްކާފައެވެ.

comment ކޮމެންޓް