ބޯނީ، ފުރަތަމަ ފަހަރަށް ފިމްލެއްގެ ބޮޑު ރޯލަކަށް

ރަންބީރުގެ ބައްޕަގެ ރޯލަށް ބޯނީ---

ޑައިރެކްޓަރު ލަވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުގައި ރަންބީރު ކަޕޫރުގެ ބައްޕަގެ ރޯލު ކުޅޭނީ ޕްރޮޑިއުސަރު ބޯނީ ކަޕޫރުކަމަށް އޭނާ ބުނެފިއެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމުގައި ރަންބީރު އާއެކު ފެނިގެންދާނީ ކުޅަދާނަ ބަތަލާ ޝްރައްދާ ކަޕޫރެވެ. ބައްޕަގެ ރޯލުން ބޯނީ ފެނިގެންދާއިރު ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ ޑިމްޕަލް ކަޕާޑިއާއެވެ. މިއީ ބޮޑު ފީޗާ ފިލްމެއްގެ ބޮޑު ރޯލެއް ބޯނީ ކުޅޭ ފުރަތަމަ ފަހަރުވެސްމެއެވެ.

ރޮމޭންޓިކް ޖޯންރާއަށް ތައްޔާރުކުރާ މި ފިލްމުގެ ބައްޕަގެ ރޯލު ކުޅުމަށް ބޯނީ އެއްބަސްކުރުވީ ދަރިފުޅު އަރުޖުން ކަޕޫރު ކަމަށް ބޯނީ ބުންޏެވެ. ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރި އިރުންފެށިގެން ވެސް މި ފިލްމު ކުޅެދިނުމަށް އެދުނު ކަމަށާއި ނަމަވެސް ފުރަތަމަ އެ ފިލްމަށް ނޫނެކޭ ބުނި ކަމަށެވެ. ނަމަވެސް އޭގެ ދުވަސްގަނޑެއް ފަހުން ލަވް ރަންޖަން އަނެއްކާވެސް އެ ފިލްމު ކުޅެދިނުމަށް އޭނާ ގާތު އެދުނު ކަމަށާއި އެ ފަހަރުވެސް ނޫނެކޭ ބުނި ކަމަށެވެ.

"ދެން އެންމެ ފަހުން އޭނާ ގުޅީ ދަރިފުޅަށް {އަރުޖުން ކަޕޫރު}. އަސްލު އޭނާ ކިޔާ ވަރުން މި ރޯލު ކުޅެން އެއްބަސްވެވުނީ. ފިލްމުގެ ޓީމުން އެއްބަސްވި ޝޫޓިން ކުރިއަށްދާއިރު ވެސް ދޭތެރެ ދޭތެރެއިން މުމްބާއީ އަށް ގޮސް އަހަރެންގެ ފިލްމުތަކުގެ މަސައްކަތްތައް ކުރިއަށްދާ ވަރު ބެލުމަށް،"

މި މަހު ފިލްމުގެ ޝޫޓިން ލަވް ރަންޖަންގެ ހޯމް ޓައުން ގާޒީއާބާދުގައި ފަށާއިރު ފިލްމުގެ މަންޒަރުތަކެއް ދިއްލީގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް