ދަމާކާ ކުޅެގެން ކާތިކް އަށް 20 ކުރޯޑު

ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރު ކާތިކް އާރްޔަން---

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ކާތިކް އާރްޔަންގެ ކުރިއަށް އޮތް ފިލްމު "ދަމާކާ" ކުޅެގެން އޭނާއަށް 20 ކުރޯޑު ރުޕީސްގެ އާމްދަނީ އެއް ލިބުނު ކަމަށް ހަބަރުތައް ބުނެފި އެވެ.

އެންމެ 10 ދުވަސްތެރޭ ކާތިކް މި ފިލްމުގެ ޝޫޓިން ނިންމާލިއިރު ހަމައެކަނި މި ފިލްމަށް އޭނާ އަށް 20 ކުރޯޑަކީ ވަރަށް ބޮޑު އަގަގެކެވެ. ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރިއަކަށް ބަލާފައި އެ އަދަދު ބޮޑުއިރު ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު ވެސް އާންމުގޮތެއްގައި ފިލްމެއް ކުޅެދީ އުޅެނީ 20 ކުރޯޑަށެވެ.

މި ފިލްމު ކުޅެގެން ކާތިކް އަށް 20 ކުރޯޑު ލިބުނީ ބޮޑު ފީޗާ ފިލްމެއް އެންމެ 10 ދުވަސްތެރޭ ޝޫޓްކޮށް ނިންމާލައި މި ފިލްމަށް ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާތީ ކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމު ވެގެން މިދިޔައީ އިންޑިއަން ސިނަމާގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފިލްމަކަށެވެ. ސަބަބަކީ އާންމުގޮތެއްގައި ބޮޑެތި ފިލްމުތަކަށް މަސްދުވަހަށްވުރެ ގިނަ ދުވަސް ޝޫޓްކުރަން ނަގާއިރު މި ފިލްމަށް އެންމެ 10 ދުވަސް ނެގީމައެވެ. އެއާއެކު މި ފިލްމު މިވަނީ ބޮލީވުޑްގެ ތާރީޚުގެ ތެރެއަށް ގޮސްފައެވެ.

ރާމް މަދުވާނީ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގައި ކާތިކް ފެންނާނީ ވަރުގަދަ ނޫސްވެރިއެއްގެ ރޯލުންނެވެ. ކޮރެއާ ފިލްމު "ދަ ޓެރާ ލައިވް" އަސްލަކަށް ބަލައިގެން ގެނެސްދޭ މި ފިލްމު ސްކްރީންކުރާނީ އަންނަ އަހަރުއެވެ. ދަމާކާ އަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކުރާ ފިލްމެކެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ. އެކްޓަރު ކާތިކްގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2" އަދި "ދޯސްތާނާ 2" ހިމެނެެއެވެ.

comment ކޮމެންޓް