ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް އިތާފުށީގައި

ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގައި ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް ވަނީ ހުޅުވާފައި--

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ހުޅުވައިފިއެވެ.

މާލެ އަތޮޅުން ފަޅެއް ހިއްކައިގެން އިތާފުށި ތަރައްގީކޮށްފައިވަނީ ތިން ރަށެއްގެ މައްޗަށް އެކުލެވޭ ރިސޯޓެއްގެ ގޮތުގައެވެ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި އިއްޔެ ހުޅުވިއިރު އެއީ ި 32،000 އަކަމީޓަރުގެ ރަށެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ހިލްޓަންގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ އިން ރާއްޖޭގައި ހިންގާ އިތާފުއްޓަކީ ދުނިޔޭގެ މަހުޖަނުންނާއި، މަޝްހޫރު ސެލެބްރިޓީންގެ މެދުގައި އެންމެ މަގުބޫލު އެއް ރިސޯޓެވެ.

އިތާފުށީގައި ހުޅުވި ޕްރައިވެޓް އައިލެންޑަކީ ވޯލްޑޯފްގެ ޕްރޮޕަޓީތަކުގެ ތެރެއިން އޭޝިއާ ފެސިފިކް ސަރަހައްދުގައި އޮތް އެންމެ ލަގްޒަރީ ޕްރޮޕަޓީ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީ ޕްލޭންގައި 15 މިނެޓުން އަދި ސްޕީޓު ލޯންޗުގައި 40 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި 24 ވިލާ ތަރައްގީކޮށްފައި ވެއެވެ.

މި ޕްރައިވެޓް އައިލެންޑުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ކެއުންތައް ތަޖުރިބާ ކޮށްލެވޭނެ ރެސްޓޯރެންޓުތައް ހުންނާނެއެވެ.

comment ކޮމެންޓް