ވަރުބައި އެޓްމޯސްފިއާގެ ރާ ރައްކާ ކުރާ ގުދަނުގައި ރޯވެއްޖެ

ވަރުބައި އެޓްމޯސްފިއާ ރިސޯޓް

ވަރު ބައި އެޓްމޯސްފިއާ ރިސޯޓްގެ ރާ ރައްކާ ކުރާ ގުދަނުގައި ރޯވެވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މެންދަމު 2:48 އެހައިކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ މިރޭ 4:18 އެހައިކަންހާއިރު، ފަޔާ ޓީމަށް ރިސޯޓަށް ދެވުނުއިރު ރީތިރަށް ރިސޯޓުން ޕަމްޕެއް ގެނެސްގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އޭރުވެސް އަލިފާން ކޮންޓްރޯލް ކުރެވިފައިނުވާވާތީ އަލިފާން ކޮންޓްރޯލް ކުރުމުގައި އެމްއެންޑީއެފްގެ ފަޔާ ޓީމުން ހަރަކާތްތެރިވާން ފެށިއެވެ.

ގަޑިން 4:33 އެހައިކަންހާއިރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަން ނުވަތަ ނޫންކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

comment ކޮމެންޓް