ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސްއިން މީގެކުރިން އަތުލައިގެން އެމްފެޓަމިން -- ފޮޓޯ: ކަސްޓަމްސް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގެންފައި ވަނީ ޖެނުއަރީ 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕާރުސަލުތަކެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ޕާރުސަލްގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ޓެސްޓުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމްޕެޓަމިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރި އިރު، އޭގެ މަގުމަތީ އަގު 42،000 ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގެން މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް