ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ވަރުގަދަ ރޯލުތައް ކުޅެ މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު އިރުފާން ހާންގެ ދޮށީ ދަރިފުޅު ބާބިލް ޚާން އެކްޓިން ދާއިރާއަށް ނުކުންނާނެ ކަމަށް އޭނާ ބުނެފިއެވެ.
މިދިޔަ އޭޕްރިލް މަހު ކޯލޯން އިންފެކްޝަނެއް ޖެހިގެން މަރުވި އެކްޓަރު އިރުފާންގެ ދަރިފުޅު ބާބިލް ބުނީ މެއި މަހު ގްރެޖުއޭޓްވުމަށް ފަހު ފިލްމުތަކުން ފުރުސަތު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އިއްޔެ ބާބިލް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ބައްޕަ އިރުފާން ސޮއިކޮށްފައި އޮތް ފޮތް "އެކްޓާޒް ފޯ އެކްޓިން" ބޭރުގަނޑު ހިއްސާކޮށްފައެވެ.
އެ ޕޯސްޓަށް އާންމު މީހަކު ކުރި ކޮމެންޓަކަށް ޖަވާބުދެމުން ބާބިލް ބުނީ އެކްޓިން ދާއިރާ އަށް ނުކުތުމަށް މިހާރުވެސް ތައްޔާރަށް ހުރި ކަމަށާއި ފިލްމުތަކުން ފުރުސަތު ހޯދަން މަސައްކަތްކުރާނީ މި އަހަރުގެ މެއި މަހު ގްރެޖުއޭޓްވެފައެވެ.