ޕްރިޔަންކާގެ "ޓެކްސްޓް ފޯ ޔޫ"ގެ ޝޫޓިން ނިންމާލައިފި

ބަތަލާ ޕްރިޔަންކާ ޗޯޕްރާ---

ހޮލީވުޑް ފިލްމު "ޓެކްސްޓް ފޯ ޔޫ"ގެ ޝޫޓިން ބަތަލާ ޕްރިޔަންކާ ޗޯޕްރާ ނިންމާލައިފިއެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް މަސައްކަތްކުރަމުން އަންނަ ބަތަލާ ޕްރިޔަންކާ އެ ފިލްމުގެ ޝޫޓިން ނިންމާލިކަން ހާމަކުރީ އިނގިރޭސިވިލާތުގައި ހުރެއެވެ. އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ސްކްރިޕްޓް ހިފައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އާންމުކުރުމަށްފަހު ކެޕްޝަނުގައި ޖަހާފައިވަނީ ފިލްމުގެ ޝޫޓިން ނިންމާލެވިއްޖެ ކަމަށެވެ.

މި ފިލްމަކީ 2016 ގައި ރިލީޒްކުރި ޖަރުމަންގެ ރޮމޭންޓިކް ޑްރާމާ "އެސްއެމްއެސް ފޫރް ޑީޝް" ގެ ރިމޭކެކެވެ. ޕްރިޔަންކާގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންނަކީ ސެމޭން ހިއުގަންގެ އިތުރުން ސެލީން ޑިއޯން އެވެ. ޖިމް ސްޓްރައުޒް ޑައިރެކްޓްކުރާ މި ފިލްމަކީ މި މަހު 22 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރާ ފިލްމެކެވެ.

ބަތަލާ ޕްރިޔަންކާ ހޮލީވުޑަށް ތައާރަފްވީ 2017 ވަނަ އަހަރު ކުޅުނު "ބޭވޮޗް" އެވެ. އެ ފިލްމަށްފަހު އޭނާއަށް އަންނަނީ ހޮލީވުޑްގެ ފިލްމުތަކުންވެސް ޖާގަ ލިބެމުންނެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔަ ހޮލީވުޑް ފިލްމަކީ "ވީ ކޭން ބީ ހީރޯސް" އެވެ. މި ފިލްމަކީ މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްގައި ރިލީޒްކުރި ފިލްމެކެވެ.

comment ކޮމެންޓް