ޓައިގާގެ ރީތި ހަށިގަނޑު ދައްކާލާ "ކެސެނޮވާ"ގެ ޓިޒާ ނެރެފި

ކާމިޔާބު އެކްޓަރު ޓައިގާ ޝްރޮފް---

މިދިޔަ ސެޕްޓެމްބަރު މަހު ބޮލީވުޑްގެ ކުޅަދާނަ ބަތަލު ޓައިގާ ޝްރޮފްގެ ލަވަކިޔުމުގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލިއިރު އަނެއްކާ ވެސް އޭނާގެ އަޑުން ކިޔާފައިވާ އާ ލަވަ "ކެސެނޮވާ"ގެ ޓީޒާ އެއް ދައްކާލައިފިއެވެ.

މިދިޔަ ހަފްތާތެރޭ އޭނާގެ ދެވަނަ ލަވައެއް އަންނަން އުޅޭކަމަށް ބުނެ ޕޯސްޓަރު އާންމުކުރިއިރު އިއްޔެ މިވަނީ އެ ލަވައިގެ ޓީޒާކޮޅެއް ނެރެފައެވެ. އެކްޓަރު ޓައިގާގެ ފަރި ފަރި ނެށުމުގެ ހަރަކާތްތަކެއް މި ޓީޒާއިން ފެނިގެން ދިޔައިރު މި ލަވައަކީ މި މަހު 13 ވަނަ ދުވަހު ޓައިގާގެ ޔޫޓިއުބް ޗެނަލުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ލަވައެކެވެ.

ލަވައިގެ ޓީޒާ އާންމުކުރުމާއެކު ޓައިގާގެ ލޯބިވެރިޔާ ދިޝާ ޕާޓްނީ ވަނީ "ކިލްޑް އިޓް"ކިޔާ އެ ޕޯސްޓަށް ކޮމެންޓްވެސް ކޮށްފައެވެ. ދިޝާގެ އިތުރުން އެކްޓަރު ރަންވީރު ސިންހް، ޓައިގާގެ ކޮއްކޮ ކްރިޝްނާ ޝްރޮފްގެ އިތުރުން ގިނަ ފަންނާނުންނެއްވަނީ އޭނާގެ ހުނަރަށް ސާބަސް ކިޔާ ކޮމެންޓްކޮށްފައެވެ.

މިދިޔަ އަހަރު "ބާގީ 3"އިން އެންމެ ފަހުން ފެނިގެންދިޔަ ތަރި ޓައިގާ އެންމެ ފުރަތަމަ ނެރުނު ލަވަ “އަންބިލީވަބަލް” އަށް ބޮޑު ތަރުހީބެއް ލިބުނުއިރު މި ލަވައަކީ ޕުނީތު މަލްހޯތުރާގެ ޑައިރެކްޝަނުގެ ދަށުން ޕަރޭޝް ކޮރިއޮގްރާފުކޮށްދިންލަވައެކެވެ. އަދި ޓައިގާގެ "ކެސެނޮވާ"ވެސް ގެނެސްދެނީ ޕުނީތުގެ ޑައިރެކްޝަނުގެ ދަށުންނެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު “ގަންޕަތު” އިންނެވެ. އެ ފިލްމުގެ މަސައްކަތް މިއަހަރު ކުރީކޮޅު ފަށާނެއެވެ. މި ފިލްމުގައި ޓައިގާ ކުޅޭނީބޮކްސިންތެޅުންތެރިއެއްގެ ރޯލެވެ.

comment ކޮމެންޓް