ދީޕިކާ އާ ރިތިކްގެ ފިލްމަކީ "ފައިޓާ"

ކުޅަދާނަ ބަތަލާ ދީޕިކާ އާ އެކްޓަރު ރިތިކް--

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާ ރިތިކް ރޯޝަން އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.

އިއްޔެ ފާހަގަކުރި ރިތިކްގެ 47 ވަނަ އުފަންދުވަހު މި ފިލްމު ރަސްމީކޮށް އިއުލާންކުރިއިރު މި ފިލްމުން ފެންނާނީ ރިތިކް އާ ދީޕިކާކަން މިވަނީ ކަށަވަރުވެފައެވެ. ސިދާތު އާނަންދުގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު މި ފިލްމު ޕްރޮޑިއުސްކުރާނީ ސިދާތުގެ ޕްރޮޑަކްޝަން ކުންފުނި މާފްލިކްސް އިންނެވެ. ފިލްމުގެ ނަމަކީ "ފައިޓާ"އެވެ.

ފިލްމުގެ ފަސްޓްލުކް ދައްކާލަމުން ބަތަލާ ދީޕިކާ ބުނީ ހުވަފެނަކީ ހަމަ ހަގީގަތުގައިވެސް ތެދަތަކަށް ބަދަލުވެގެންދާ އެއްޗެއްކަމަށެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30ގައެވެ.

ކުޅަދާނަ އެކްޓަރު ރިތިކް ވަނީ ދެފަހަރެއްގެ މަތިން ސިދާތު އާއެކު މަސައްކަތްކޮށްފައެވެ. އެއީ ފިލްމު "ބޭންގް ބޭންގް"އާ "ވޯ"އެވެ. ދީޕިކާ ސިދާތު އާއެކު ކުރި ހަމައެކަނި މަސައްކަތަކީ "ބަޗްނާއޭ ހަސީނޯ"އެވެ.

ހަމަގައިމުވެސް ދީޕިކާ އާ ރިތިކް އެކުގައި މި ފިލްމުން ފެނިގެންދާއިރު ދެތަރިންގެ ކެމިސްޓްރީ ބަލައިލަންވެސް ގިނަ ބަޔަކު ބޭނުންވެއެވެ. މި ފިލްމުވެގެންދާނީ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އެ ސަބަބާހުރެ މި ފިލްމަށް މިހާރުވެސް ގިނަ ބަޔަކު އެބަ އިންތިޒާރުކުރެއެވެ.

comment ކޮމެންޓް