ބީއެމްއެލް ކާޑުތަކުގެ ލިމިޓް ކުޑަކުރި ކަމަށް ބުނެ ފޭކު ބަޔާނެއް

ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްްޑިވްސް (ބީއެލްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުން މުއާމަލާތް ކުރެވޭ ލިމިޓް މިހާރަށް ވުރެވެސް ކުޑަކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުން ދަނީ ދޮގު ބަޔާނެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ބަޔާނެއް ކަމަށް ބުނެ މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ލިޔުމެއްގައިވާ ގޮތުގައި ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު ވަނީ މަހަކަށް 150 ޑޮލަރަށް ކުޑަކޮށްފަ އެވެ.

އެ ލިޔުން ދައުރުވެ އާންމުންގެ ބަހުސަކަށް ވުމުން ބޭންކުން މިއަދު މީޑިއާތަކަށް ފޮނުވި ލިޔުމެއްގައި ބުނީ ލިމިޓަށް ބަދަލު ގެނައުމާ ގުޅޭ ލިޔުމެއް އާންމު ނުކުރާ ކަމަށާއި އެފަދަ ފިޔަވަޅެއް އަދި އަޅާފައި ނުވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވި ދައްޗާއެކު، ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކާޑުތަކުން ބައިނަލްއަގުވާމީ މުއާމަލާތް ކުރެވޭ ލިމިޓް މަހަކަށް 250 ޑޮލަރަށް މީގެ ކުރިން ބަދަލުކޮށްފަ އެވެ.

"ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ" އަސްލެއް ބަޔާނާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް