އަދުރޭގެ ޝަރީއަތް މި މަހުގެ 31ގައި ފަށަނީ

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު ބޭއްވި އެއްވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑި ހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާގެ ފުރަތަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ދައުވާ ކުރީ އޮކްޓޯބަރު 26، 2020ގަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00އަށް ތާވަލުކޮށް، އަބްދުއްރަހީމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާފަ އެވެ. އެ ލިޔުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ އާންމު ކުރައްވައިފަ އެވެ.

އަަބްދުއްރަހީމްއަށް ދައުވާ ކުރީ ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް އެއްވުމުގެ ތެރޭގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

comment ކޮމެންޓް