ޓްރީ ޓޮޕްގައި ފުރަތަމަ ފަހަރަށް ލެޕަރޮސްކޯޕިކް މަޔޮމެކްޓޮމީ އޮޕަރޭޝަނެއް ކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލް--

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޕަރޮސްކޯޕިކް (ކީހޯލް) މަޔޮމެކްޓޮމީ އޮޕަރޭޝަނެއް ޓޮރީ ޓޮޕް ހޮސްޕިޓަލުން ކޮށްފި އެވެ.

މި މަހުގެ 4 ވަނަ ދުވަހު ކުރި މި އޮޕަރޭޝަންގައި ހަރަކާތްތެރިވެފައިވަނީ އަންހެނުންގެ ޑޮކްޓަރު ޑރ. ވަރްޝާ ރެންގަރާޖް، ޑރ މަޙްމޫދު އަބޫބަކުރު އަދި ޑރ ޕްރީތީ ސޮލޮމަން އެވެ. އަދި މި އޮޕަރޭޝަން ކުރުމަށް އެހީތެރިވެފައިވަނީ ހުނަރުވެރި ހޭނައްތާ ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުންނެވެ.

މިއީ ބަނޑުގެ ހަތަރު ތަނަކުން ލޯވަޅު ތޮރުފުމަށްފަހު އެތެރެހައްޓަށް ލައްވާ ޓެލެސްކޯޕް އަދި ކެމެރާގެ ބޭނުންކޮށްގެން މޯސަލޭޓަރުގެ އެހީގައި ރާއްޖޭގައި ކުރި އެންމެ ފުރަތަމަ އޮޕަރޭޝަނެވެ. މޯސަލޭޓަރު ބޭނުންކުރެވެނީ ގުޅަތަކެއްހެން ރަހިމުގައި އުފެދޭ ފައިބްރޮއިޑު ފުނޑުފުނޑު ކޮށްލުމަށްފަހު ތޮރުފާފައިވާ ލޯވަޅުތަކުން ބޭރުކޮށްލުމަށް ބޭނުންކުރެވޭ އާލާތެކެވެ.

"އާންމުކޮށް ކުރާ އޮޕަރޭޝަންތަކާ ހިލާފަށް މި އޮޕަރޭޝަނަކީ ބަލިމީހާއަށް ބޮޑު ތަދެއް އިހުސާސް ކުރަން ނުޖެހި، އަވަހަށް ރަނގަޅުވެ އާންމު ދިރިއުޅުން އެންމެ އަވަހަށް އިޔާދަ ކުރެވޭ ފަދަ އޮޕަރޭޝަނެއް." މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ވަރްޝާ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަންހެނުންގެ ހާއްސަ ބަލިތަކަށް ފަރުވާދިނުމަށް ކުރާ ތަފާތު ލެޕަރޮސްކޯޕިކް އޮޕަރޭޝަންތަކުގެ ތެރޭގައި ރަހިމު ނެގުމާއި އަދި ރަހިމުގައި އުފެދޭ ބައެއް ކަހަލަ ސިސްޓް ނެގުމަށް ކުރާ އޮޕަރޭޝަންތައް ހިމެނެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އަދި އެޕޮއިންޓްމަންޓް 3351610 ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

comment ކޮމެންޓް