ފުވައްމުލަކުގައި މޫދަށްއެރިއުޅުނު ކުއްޖާ މޫދު އަޑިން ފެނިއްޖެ

ޏ.ފުވައްމުލައް

ފުވައްމުލަކު ސިޓީގައި މިއަދު މޫދަށް އެރި އުޅުނު ކުއްޖާ މޫދު އަޑިން ފެނިއްޖެ އެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެކުއްޖާ ގެއްލުނީ ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށެވެ. ފުލުހުން ބުނީ ފުލުހުންނަށް ރިޕޯޓު ލިބުނީ 16:47 ގައި ކަމަށެވެ.

އަދި ކުއްޖާ ހޯދަން ކުރި މަސައްކަތުން ކުއްޖާ ފެނުނީ 17:50 ހާއިރު އެ ސަރަހައްދު މޫދު އަޑިން ކުއްޖާ ފެނިފައިވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއަށް އީއާރްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.

comment ކޮމެންޓް