ރިސޯޓުތަކުން މޫދަށް ކުނި އަޅާތީ ކަމާގުޅޭ އިދާރާތައް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ޓޫރިސްޓު ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅާ މައްސަލައާއި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އަޅަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑު ކުރުމަށް ނިންމާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެށި ކޮމިޓީއިން ނިންމައިފި އެވެ.

ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލައިގައި އެންވަޔަރަމެންޓް މިނިސްޓްރީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޓޫރިޒަމް މިނިސްޓްރީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެގޮތަށް ކޮމިޓީން ނިންނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން ބާރު ލިބިގެންނެވެ.

ގޭސް ސްޓޭޝަން އަޅާ މައްސަލައިގައި ބައްދަލުކުރަނީ އެންވަޔަރަމަންޓް މިނިސްޓްރީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އިކޮނޮމިކް މިނިސްޓްރީ، ފެނަކަ އަދި ސްޓެލްކޯގެ ބޭފުޅުންނާ އެވެ. ހަމައެއާއެކު، ތިމާވެށްޓާ ބެހޭ މާހިރުންނާ ވެސް ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް