10,180 ފްރަންޓްލައިން ވޯކަރުންނަށް 90 މިލިއަން ދޫކޮށްފި

ޖޫން 8، 2020: އެމްޕީއެލް ސަރަހައްދުގައި އާރް އާރް ޓީމްތަކުން ރެންޑަމް ސާމްޕަލް ނެގުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް 10,180 ފްރަންޓްލައިން ވޯކަރުންނަށް ކޮވިޑް-19ގެ ފްރަންޓަލައިން އެލަވަންސް ދޫކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 10،180 މުވައްޒަފުންނަށް ޖުމްލަ 90.32 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ކޮވިޑް19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭން ފެށީ ޖުލައި މަހު އެވެ.

ސަރުކާރުން ނިންމާފައި ވާނީ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށެވެ.

އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް މީގެ ކުރިން ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް