ސްކޫލްތައް ކައިރީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާދީއްތަ ދުވަހު ސްކޫލުތައް ހުޅުވާތީ، ސްކޫލް ސަރަޙައްދުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި އެވެ.

ޓްރެފިކް ފުލުހުން މިއަދު ބުނީ ސްކޫލް ސަރަހައްދުގައި ކުރަހާފައި އަދި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތައް މިއަދު 18:00 ގެ ކުރިން ނަގަން އެދޭ ކަމަށެވެ.

2020-2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް 10 ޖެނުއަރީ ވަނަ ދުވަހު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ. ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ކިޔެވުން ފަށާއިރު އެލްކޭޖީ އިން ފެށިގެން ގްރޭޑު 12 އާއި ހަމައަށް ކިޔަވައިދޭނެ ކަމަށެވެ. އަދި ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ސްކޫލުތަކުގެ ކިޔެވުން ފެށޭޓީ ވެމްކޯ އިން ވެސް ވަނީ މާލެ ސަރަހައްދުގައި ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން މާލޭގެ ގޭބިސީތަކުން ކުނި ނެރެންޖެހޭނީ ރޭގަނޑު 22:00 - 00:00 އާ ދެމެދު އެވެ.

comment ކޮމެންޓް