ލައިފް ސަޕޯޓުން އެޑިއުކޭޝަނަށް ސެނިޓައިޒާ ހަދިޔާ ކޮށްފި

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް 5000 ފުޅި ހޭންޑް ސެނިޓައިޒާ ހަދިޔާކޮށްފި އެވެ.

ލައިފް ސަޕޯޓުން ބުނީ އަންނަ އާދިއްތަ ދުވަހު ދެ ވަނަ ޓާމް ގެ ކިޔެވުން ފަށާއިރު، ލައިފް ސަޕޯޓްގެ ފަރާތުން ހަދިޔާކުރި ހޭންޑް ސެނިޓައިޒާ އަކީ ސްކޫލް ތަކުގެ ސްޓާފުންނާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދިން އެހީއެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާ މިތަކެތި ހަވާލުކޮށްދެއްވީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރު ޑރ. މަރިޔަމް ވަސީމާއާއި ޖެނެރަލް މެނޭޖަރު އަބްދުﷲ މައުމޫން އެވެ.

މިނިސްޓްރީގެ ފަރާތުން ހާވާލުވެ ވަޑައިގަތީ މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

މި ސެނިޓައިޒާ ފުޅިތައް ސްކޫލްތަކަށް ބެހުމުގެ ކަންތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ފަރާތުން ކަމަށް ލައިފް ސަޕޯޓް އިން ބުންޏެވެ.

comment ކޮމެންޓް