ވޭމަންޑޫ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ފަށައިފި

ވޭމަންޑޫ ނަރުދަމާގެ މަސައްކަތް ފެށުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތަައް، އެމްޑަބްލިއުއެސްސީ އިން ފަށައިފިއެވެ.

ވޭމަންޑޫގެ ނަރުދަމާ މަޝްރޫއު އަކީ މީގެ ކުރިން އެހެން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން ފެން ކުންފުންޏާ ހަވާލުކޮށްފައި ވަނީ 26 އޮކްޓޯބަރު 2020 ގައެވެ.

މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯރކްގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯކް ގާއިމްކުރުމާއި، 98 މީޓަރގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި، އެއް ސީ އައުޓް ފޯލް ގާއިމްކުރުމާއި ވޭލް ޗެމްބާ ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިން ގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީ ގެ ސިވިލް އަދި އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ކުރާނެއެވެ.

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރުު ސެޓާއި ވެހިކަލް ފޯރުކޮށްދޭނެއެވެ.

ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަޝްރޫއުގެ މުއްދަތަކީ ހަތަރު މަހެވެ.

comment ކޮމެންޓް