ޕޭމެންޓް ސިސްޓަމް ޕްރޮޖެކްޓަށް ކޮންސަލްޓެންޓެއް ހޯދަނީ

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކުރިއަށް ގެންދާ މޯލްޑިވްސް ޕޭމެންޓް ސިސްޓަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަށްކަލް ޓެކްނިިކޮންސަލްޓެންޓެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެމްއެމްއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ޕްރޮޖެކްޓަށް ޓެކްނިކަލް ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ފަރާތްތަކުން މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ރެޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މަސައްކަތަށް ބިޑް ހުށަހަޅަން ޖެހެނީ މި ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ކުރިންނެވެ.

ރާއްޖޭގައި އިންސްޓެންޓް ޕޭމެންޓް ސިސްޓެމް އެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ވަނީ ޓިއޭޓޯއެވްރީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްްއައިއޭ އާއެކު ސޮއިކޮށްފައެވެ.

ސިސްޓަމްގެ ސަބަބުން މުޅި ރާއްޖެގެ ކޮންމެ ރަށެއްގައި ހުރެގެންވެސް އަދި ކޮންމެ ބޭންކެއްގައި އެކައުންޓެއް ހުޅުވި ނަމަވެސް ފަސޭހަކަމާއެކު، ވަގުތުން ވަގުތަަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް އެ ސިސްޓަމްގެ ސަބަބުން ރައްޔިތުންނާ ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެ އޮތޯރިޓީއިން ބުނާގޮތުގައި އެ ޕްރޮޖެކްޓަކީ ގައުމީ ފެންވަރުގައި ހިންގާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ ދަށުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނާގޮތުގައި އެ ސިސްޓަމް ގާއިމުކޮށް މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެއެވެ.

comment ކޮމެންޓް