މާލޭގެ އިތުރު ދެ މަގެއް ހަދަން ފަށައިފި

މާލޭގެ މަގެއް ހެދުމުގެ މަސައްކަތް އާރްޑީސީން ކުރަނީ

މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން ފްލޫނިއާ މަގާއި މުނިޔާ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނީ މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފްލޫނިއާ މަގާއި މަގުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މުނިޔާ މަގުގެ މަސައްކަތް މި މަހުގެ ތިންވަނަ ދުވަހު ފެށިއިރު، ފްލޫނިއާ މަގުގެ މަސައްކަތް ފަށާފައިވަނީ މިއަދުއެވެ.

"އަޅުގަނޑުމެން މި ބަލަނީ މި މަހުގެ 20 ގެ ކުރިން މި ދެމަގުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލަން،" އާރްޑީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ކަނބާއައިސާ މަގުގެ މަސައްކަތް ނިންމާ އެ މަގު ވަނީ މިދިޔަ ހަފްތާ އާންމުންނަށް ހުޅުވާލައިފައެވެ. މީގެ އިތުރުން މިހާރު މަސައްކަތް ފަށާފައިވާ މަގުތައް ހަދާ ނިމުމުން ދެން މަސައްކަތް ފަށާނީ ޝަހީދުއަލީ މަގުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގައި މައިގަނޑު ގޮތެއްގައި ހައްލުކުރަން އަމާޒުކޮށްފައިވާ މައްސަލަތަކަކީ:

އަންޑަގްރައުންޑް ޔުޓިލިޓީ ލައިންސް
ފެންބޮޑުވުން
ޑީވޯޓަރިން
އަލިފާން ނިއްވުން
ސްޓްރީޓްސްކޭޕިން
އާންމު ދަތުރުފަތުރު
ޕާކިން
މި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ކުރިން ވަނީ ލަފާކޮށްފަ އެވެ. މި މަޝްރޫއުގެ އަގަކީ 462 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް