އީޔޫއާ ޑަބްލިއުއެޗްއޯ ގުޅިގެން ރާއްޖެއަށް 19 މިލިއަން ރުފިޔާގެ އެހީ

ޔޫރަޕިއަން ޔޫނިއަން، އީޔޫ އާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގުޅިގެން،ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން 19 މިލިއަން ރުފިޔާ (އެއް މިލިއަން ޔޫރޯ) ގެ އެހީ ދީފިއެވެ.

މި އެހީގެ ދަށުން ރާއްޖެއިން މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމަންޓާއި، އާރްއާރްޓީގެ މަސައްކަތްތައް ހަލުވި ކުރމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ރީޖަނަލް އައިސީޔޫއެއް ގާއިމްކޮށް ކިވިޑް19 ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުން އަވަސްވެ، އައިސޮލޭޝަނަށް އަދި އައިސީޔޫ އަށް ގެންދާ ބަލިމީހުންނަށްދޭ ހިދުމަތް ހަރުދަނާ ކުރެވޭނެ ކަމަށް އީޔޫ/ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

މިއީ ކޮވިޑް19 ބަލިމަޑުކަމާ ދެކޮޅަށް އީޔޫ އިން ކުރާ މަސައްކަތުގެ ދަށުން ރާއްޖެއަށް ދިން އެހީ އެކެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެކްޓިން ރެޕްރެޒެންޓޭޓިވް ޑރ. ސުޝިލް ދޭވް ވިދާޅުވީ އީޔޫ އިން ރާއްޖެއަށް ދިން އެހީ އަކީ މިވަގުތަށް މުހިއްމު ބޭނުންތެރި އެހީ އެއް ކަމަށެވެ. ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދިން މި އެހީއާއެކު ކޭސްތައް އިތުރުވެއްޖެ ހާލަތެއްގަިއވެސް ބަލިމީހުންނަށް ފަރުވާދޭނެ އިތުރ އިންތިޒާމުތައް ގާއިމް ކުރެވޭނެ ކަމަށް ދޭވް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޑަބްލިއުއެޗްއޯ އިން އަދި އީޔޫ އިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް