ހެނދުނުގެ ނާސްތާއަށް ބެގްރީސްގެ ސީރިއަލް، އޯޓްސް އަދި މުއެސްލީ ރެޑްވޭވުން

ހެނދުނުގެ ނާސްތާއަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް މާބޮޑު ސަމާލުކަމެއް ނުދެވި އޮންނަ އެއްކަންތަކެވެ. ދުވަސް ފެށުމުގެ ގޮތުން މީހާގެ ހަށިގަނޑަށް ހަކަތަ ލިއްބައިދިނުމުގެ އިތުރުން ފުރިހަމަ ހެނދުނުގެ ނާސްތާއަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްއެޅޭ ރަނގަޅު ފިޔަވަޅެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިހުރިގޮތުން ހެނދުނުގެ ނާސްތާ ނިންމާލެވެނީ ސައިތައްޓަކާއި ހެދިކާއިންނެވެ.

މިކަމުގެ ހައްލު ރެޑްވޭވުން މިވަނީ ގެނެސްދީފައެވެ. އޭޝިއާގެ މާރކެޓުގައި ސިއްހަތަށް ފައިދާހުރި ބްރެކްފާސްޓް ސީރިއަލް ބްރޭންޑުގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ބެގްރީސް ބްރޭންޑުގެ 36 އުފެއްދުމެއް ރެޑްވޭވްއިން މިވަނީ ބާޒާރަށް ނެރެދީފަ އެވެ. ބެގްރީސް ކުންފުންޏަކީ ސީރިއަލް އުފައްދާ ތައްޔާރުކުރުމުގެ 50 އަހަރުގެ ތަޖުރިބާ ހުރި އިންޑިއާގެ ކުންފުންޏެކެވެ.

ދުނިޔޭގެ ފެންވަރުގައި ކޮލިޓީ ބެލުމަށް ބޭނުންކުރާ FSSC 22000 އަދި HACCP Halal ގެ މިންގަނޑުތަކަށް ފެތިގެން މާރކެޓު ކުރެވެމުން އަންނަ ބެގްރީސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެޓީރިއަލް ގެނެވި ތައްޔާރުކޮށްފައިވާ ބްރޭންޑެކެވެ. އެގޮތުން މި ބްރޭންޑުގެ އޯޓްސް އަދި މުއެސްލީއަކީ ރާއްޖޭގެ މާރކެޓުގައިވެސް އެފަދަ ދެވަނަ އެއް ނުވާފަދަ ޕްރޮޑަކްޓަކްތަކެކެވެ. މީގެ އިތުރުންވެސް އާންމުކޮށް މާރކެޓުގައި ނުހުންނަ ޗިއާ ސީޑާއި ކުއިނޯވެސް ބެގްރީސްގެ ބްރޭންޑުން ލިބެންހުރެއެވެ.

ޕްރޮޓީންނާއި ފައިބާރއިން ފައްކާކުރެވިފައިވާ ބެގްރީސްގެ ހުރިހާ ބާވަތަކީވެސް ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްވަވާ ބޭފުޅުންނަށް ހާއްސަ ބާވަތްތަކެކެވެ. އަދި ފުރިހަމަ ހެނދުނުގެ ނާސްތާއެއް ނަންގަވާ ބޭފުޅުންނަށް ޕްރޮޓީންއާއި ފައިބާރއިން ފުރިހަމަ ކުރެވިފައިވާ ބާވަތެކެވެ.

ރެޑްވޭވުން ބެގްރީސް ރީޓެއިލްކޮށް ހެޔޮ އަގުތަކެއްގައި ލިބިގެންދާއިރު ހޯލްސޭލްކޮށް ނަންގަވާ ބޭފުޅުންނަށްވެސް އެއަށްވުރެ ޚާއްސަ އަގުތަކެއްގައި ރެޑްވޭވްގެ ފަރީދީމަގު ހޯލްސޭލް ފިހާރައިން ލިބިގެންދާނެއެވެ. އަދި އިތުރު މައުލޫމާތު ރެޑްވޭވް ގެ ހޯލްސޭލް ނަމްބަރ 9890099 އިން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް