ކާޖޮލްގެ "ޓްރިބަންގާ"ގެ ޓްރެއިލާ ބަލައިލަމާ

ޓްރެއިލާގެ މަންޒަރެއް---

ބޮލީވުޑްގައި އުފެދުނު އެންމެ މޮޅު ބަތަލާއިންގެ ތެރޭ ހިމެނޭ ތަރި ކާޖޮލް ގެ ކުރިއަށް އޮތް ފިލްމު "ޓްރިބަންގާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި މަހު 15 ވަނަ ދުވަހު ނެޓްފްލިކްސްގައި މި ފިލްމު ޕްރިމިއާކުރާއިރު ޓްރެއިލާއިން ފެނިގެންދާ ކަންތައްތަކުން ދޭހަވެގެން ދިޔައީ އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހާ ނޫންކަމަށެވެ.

ކާޖޮލް އާއެކު ތަންވީ އަޒްމީ އަދި މިތިލާ ޕަލްކަރު ލީޑު ރޯލު ކުޅޭ މި ފިލްމުގެ ޑައިރެކްޓަރަކީ ރެނުކާ ޝަހާނޭއެވެ. މުމްބާއީގައި ފިލްމުގެ ޝޫޓިން ނިންމާލިއިރު ޓްރިބަންގާ އަކީ އާއިލާއެއްގެ ތިން ޖެނެރޭޝަނެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް އެ އާއިލާތެރޭ ދިމާވާ ކަންތައްތައް މި ފިލްމުގެ ޒަރިއްޔާއިން ފެނިގެންދާނެއެވެ. އަދި އާއިލާ އަކީ ކިހާ މުހިއްމު ބައެއްކަން ވެސް މި ފިލްމު ބެލުމުން އެނގޭނެއެވެ.

comment ކޮމެންޓް