ސަންދީޕްގެ "އެނިމަލް" ގައި ރަންބީރު އާއެކު ޓްރިޕްތީ

ރަންބީރު އާ ޓްރިޕްތީ---

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ކަބީރު ސިންހް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ އާ ފިލްމު "އެނިމަލް"ގެ ތަރިން ހަމަޖައްސައިފިއެވެ.

ފިލްމުގެ ފިރިހެން ލީޑަށް ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު ހަމަޖައްސާފައިވާއިރު ފިލްމުގެ އަންހެން ލީޑަށް ވަނީ "ބުލްބުލް" އިން މަޝްހޫރުކަން ހޯދި ޓްރިޕްތީ ޑިމްރީ ހަމަޖައްސާފައެވެ. ހަތަރު ލީޑު ފިލްމުން ފެނިގެންދާއިރު ފިލްމުގައި މިދެތަރިންގެ އިތުރުން އަނިލް ކަޕޫރު، ޕަރިނީތީ ޗޯޕްޅާ އަދި ބޮބީ ޑިއޯލްވެސް ހަރަކާތްތެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް މި ފިލްމުގެ ރޯލު ހޯދަން އޮޑިޝަންކުރި ނަމަވެސް އެ ރޯލު ލިބުނީ ޓްރިޕަތީއަށެވެ. ސާރާ އަލީ ޚާންވެސް އޮޑިޝަނަށް ދިޔަ ނަމަވެސް ގިނަ ބަޔަކަށް އެންމެ ބޮޑަށް ކަމުދިޔައީ ޓްރިޕަތީގެ އެކްޓިން ކަމަށް ޚަބަރުތައް ބުނެއެވެ.

އެއާއެކު މި ފިލްމުވެގެންދާނީ ރަންބީރު އާއި ތްރިޕްތީ އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި ޕަރިނީތީ އާ ރަންބީރުގެ ޖޯޑުވެސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް