ލަންކާ އިން އިންޑިއާ އަދި ޗައިނާއާއެކު ކަރަންސީ ސްވޮޕް އެގްރިމެންޓަކަށް

ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ---

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާ އަދި ޗައިނާއާ އެކު ކަރަންސީ ސްވޮޕް އެގްރިމެންޓަކަށް ދާން ނިންމައިފިއެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީ އާއި ހަވާލާދީ، އެ ގައުމުގެ މީޑިއާތަކުން ބުނީ ޗައިނާ އިން 1.5 ބިލިއަން ޑޮލަރު އަދި އިންޑިއާ އިން އެއް ބިލިއަން ޑޮލަރު މި އެއްބަސްވުންތަކުގެ ދަށުން ހޯދާނެ ކަމަށެވެ.

މިއީ އެ ގައުމުގެ ޝޯޓް ޓާމް ފޮރިން އެކްސްޗޭންޖް ލިކުއިޑިޓީ ދަމަހައްޓައި، ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ އާއެކު ހަދާ ކަރަންސީ ސްވޮޕްގެ ދަށުން ފައިސާ އަނބުރާ ދެއްކުމަށް އެއް އަހަރު ލިބޭއިރު ޗައިނާ އާއެކު ހަދާ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރު ލިބޭނެއެވެ.

ކަރަންސީ ސްވޮޕް އެގްރިމަންޓަކީ، ދެ ގައުމެއްގެ ފައިސާ ބަދަލު ކުރުމަށް، އެ ދެ ގައުމުގެ ސެންޓްރަލް ބޭންކުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ.

comment ކޮމެންޓް