އެމްއެންޔޫގެ ފެބްރުއަރީ އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިިތުރުކޮށްފި

ސެޕްޓެމްބަރ 2، 2018: ރާއްޖޭގެ ގައުމީން ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންްގެ ދަސްވެނިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާއުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ 2021 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 15އާ ހަމައަށް އިތުރުކޮށްފި އެވެ.

ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ޔުނިވަސިޓީގެ ފުރަތަމަ ޓާމް ކޯސްތަކަށް ވަނުމަށް އެޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

އެމްއެންޔޫގައި ކިޔަވައިދެމުން އަންނަ ހުރިހާ ކެމްޕަސްތަކާއި ފެކަލްޓީތަކުގެ ކޯސްތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު ތަފާތު ދާއިރާތަކުން 100 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އެމްއެންޔޫގެ ރެޖިސްޓްރާ މުހައްމަދު ޟާމިރު ވިދާޅުވީ އެމްއެންޔޫއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީއަށް ވުމުގެ އިތުރުން އެންމެ އަގުހެޔޮކޮށް މަތީ ތައުލީމުގެ ފުރުސަތު ލިބޭނެ ޔުނިވަސިޓީ ކަމަށެވެ.

މިގޮތުން ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ސްކީމްގެ ދަށުން އެއްވެސް ފައިސާއެއް ދެއްކުމެއް ނެތި ކިޔެވޭ ހަމައެކަނި ތަނަކީވެސް އެމްއެންޔޫކަން އޭނާ ފާހަގަ ކުރި އެވެ.

މީގެއިތުރުން އަމިއްލަ ރަށް ނޫން ރަށެއްގައި ކިޔަވާ ފަރާތްތަކަށް އެ ކިޔަވާ ރަށެއްގައި ހުރުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ދަނާލުން ވެސް ޖާގަ ހޯދުމުގެ ފުރުސަތު އޮވެ އެވެ. އެއާއެކު، އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް އަމާޒުކޮށްގެން 22 ސްކޮލަޝިޕް ސްކީމެއްވެސް ވަނީ ހުޅުވާލައިފަ އެވެ.

އިތުރު މައުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނޭ ކަމަށް ބުންޏެވެ.

comment ކޮމެންޓް