އައްޑޫ ސިޓީ ރޫޓް ފިހާރަ ފަޅާލައި މިލިއަނުން ފައިސާ ނަގައިފި

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ރޫޓް ފިހާރަ ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ރޫޓް ފިހާރައިން ފައިސާގެެ އިތުރުން ތަކެތިވެއސް ވަގަށް ނަގާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާއި ގުޅިގެން އަދި މީހަކު ހައްޔަރު ކުރިކަމެއް އަދި ވަގަށް ނެގީ ކިތައް ރުފިޔާ ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ވަގަށް ނެގި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް